Monday, May 11, 2015

ސީޕީޓީ މާއްދާ ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތައް

މި މާއްދާއަކީ މި ކޯހުގެ އެންމެ ފަސޭހަ މާއްދާ ކަމުން މި މާއްދާ ތަރައްޤީ ކުރުމަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެވެ. އެއީ ކޮންމެ ގެއަކީ ވެސް ކޮމްޕިޔުޓަރެއް ހުންނަ ގެއެކެވެ. މި ކޮންޕިޔުޓަރުން ކުރާ ގިނަ ކަންކަން މިހާރުގެ ކުދިންނަށް ވަރަށް ސާފުކޮށް އެނގެވެ. ނަމަވެސް މި ކަންކަމުގެ އިތުރުން ޒަމާނީ ޓެކޮނޮލޮޖީގެ ބޭނުން ކޮށްގެން މި މާއްދާ އިތުރަށް ތަރަޢްޤީ ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. މީގެ ތެރޭގައި މި މާއްދާ ކިޔަވައިދެއްވާ ލެކްޗަރަރ ސްމާރޓްބޯޑް ފަދަ ތަކެތި ބޭނުން ކޮށްގެން ކިޔަވައި ދިނުމަކީ މި މާއްދާގެ ކިޔަވައިދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް ކަމުގައި ދެކެމެވެ. އަދި ހަމަ އެހެންމެ ޓީމްވިއުވަރ ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކުދިން ކައިރިޔަށް ނުގޮސް ވަކިވަކި ކުދިންނަށް ކިޔައިދިނުމަކީ ކިޔަވައިދިނުމުގައި އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއްކަން ޔަޤީނެވެ.

އެންމެ ޝައުޤުވެރިވި ފިލާވަޅު

މި ކުރިޔަށް ގެންދާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ ސީޕީޓީ 101 ގެ ކިޔަވައިދެވުނު މޮޑިއުލް ތަކުގެ ތެރެއިން އެންމެ ޝައުޤުވެރިވީ ބްލޮގް ހެދުމަށް ދަސްކޮށް ދިން ޓިއުޓޯރިއަލް އަށެވެ. ކޮންމެ ގޮތަކަށް ވިޔަސް އަމިއްލަ ވެބްސައިޓެއް ނުވަތަ ބްލޮގެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ތިމާގެ އަމިއްލަ ވަންތަކަން އެންމެނަށް ހާމަކޮށްދިނުމަށް އިތުރު އެހީއެކެވެ. އިންޓަރނެޓް ގައި ޝާއިރު ކުރާ ކޮންމެ އެއްޗަކީވެސް އެތައް ބަޔަކު ބަލާ އެއްޗެކެވެ. ވުމާއެކު މި މާއްދާއިން މި ދަސްވި ބްލޮގް ހެދުމުން ނުހަނު މަންފާ ލިބިގެން ދާނެއެވެ.

ބްލޮކް މޯޑަށް ކިޔެވުމުގެ ތަޖުރިބާ

ބްލޮކް މޯޑަށް ކިޔެވުމޭ ބުނުމުން ކޮންމެ މީހަކަށްވެސް ދޭހަވާނީ ހަފްތާ ބަންދުގައި ކެމްޕަހަށް އައިސް ކިޔެވުމެވެ. މިއީ ވަރަށްވެސް އުނދަގޫ ކަމަކެވެ. ފުލްޓައިމް ކޮށް ކިޔަވާއިރު ލެކްޗަރަރ ކަނޑައެޅިފައި އޮންނަ ގަޑީގެ އިތުރުން ވެސް ބައެއް ދުވަސްދުވަހު ގަޑި ނަގައެވެ. ނަމަވެސް ބްލޮކްމޯޑަށް ކިޔަވާއިރު ވަގުތު އޮންނަނީ ކުޑަވެފައެވެ. މިހެންކަމުން ލެކްޗަރަރ ބޭނުންވަނީ މޮޑިއުލް އައުޓްލައިން ގައި ހުންނަބައިތައް އެކަނި ކަވަރު ކޮށްލުމެވެ. މިހެން ކަމުން ފުލްޓައިމް ކޯހާއި ބްލޮކް މޯޑްގެ ކޯހާ އަޅާ ބަލާއިރު ބްލޮކް މޯޑް ކޯހުގައި ކުދިންގެ ފެންވަރު ވަރަށް ދަށް ކަމަށް ފާހަނގަ ކުރެވެއެވެ.