މި މާއްދާއަކީ މި ކޯހުގެ އެންމެ ފަސޭހަ މާއްދާ
ކަމުން މި މާއްދާ ތަރައްޤީ ކުރުމަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެވެ. އެއީ
ކޮންމެ ގެއަކީ ވެސް ކޮމްޕިޔުޓަރެއް ހުންނަ ގެއެކެވެ. މި ކޮންޕިޔުޓަރުން ކުރާ ގިނަ
ކަންކަން މިހާރުގެ ކުދިންނަށް ވަރަށް ސާފުކޮށް އެނގެވެ. ނަމަވެސް މި ކަންކަމުގެ
އިތުރުން ޒަމާނީ ޓެކޮނޮލޮޖީގެ ބޭނުން ކޮށްގެން މި މާއްދާ އިތުރަށް ތަރަޢްޤީ
ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. މީގެ ތެރޭގައި މި މާއްދާ ކިޔަވައިދެއްވާ
ލެކްޗަރަރ ސްމާރޓްބޯޑް ފަދަ ތަކެތި ބޭނުން ކޮށްގެން ކިޔަވައި ދިނުމަކީ މި މާއްދާގެ
ކިޔަވައިދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް ކަމުގައި ދެކެމެވެ. އަދި ހަމަ
އެހެންމެ ޓީމްވިއުވަރ ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކުދިން ކައިރިޔަށް ނުގޮސް
ވަކިވަކި ކުދިންނަށް ކިޔައިދިނުމަކީ ކިޔަވައިދިނުމުގައި އިތުރު ފުރިހަމަކަމެއް
ލިބޭނެ ކަމެއްކަން ޔަޤީނެވެ.
No comments:
Post a Comment